ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ އެންޑް އެމިގްރޭޝަންގެ ނަން ބަދަލު ކުރުމާއި ގުޅޭ މައްސަލައާއި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތައް އައި ބައެއް ބަދަލުތައް ދިރާސާ ކުރުމަށް ސަރުކާރުގެ މައްސޫލިއްޔަތު ބަލައި ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކުރުމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ސިޓީފުޅުގައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް ވެސް ހިމަނުއްވާފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ މުއައްސަސާއެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އަދި އިމިގްރޭޝަން ޑިޕާޓްމަންޓްގެ ނަން މޯލްޑިވްސް އިމިގްރޭޝަންގެ ނަމަށް ރީބްރޭންޑް ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.