އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

އިމްރާން މިއަދު ހެނދުނު 8:30 ހާއިރު މާލެ ގެނެސް ފަރުވާދީފައިވަނީ އައިޖީއެމްއެޗްގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝައިހް އިމްރާން ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެވުނު ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކި ވަކި ސަބަބެެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.