އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު އަދި އދގެ ތަރައްގީގެ ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޒް ޝޯކޯ ނޯޑާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ބައްދަލުކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް މިބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މެޑަމް ފާތުން ގެންދަވަނީ އިޖުތިމާއީ ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ އެފަދަ ފަރާތްތަކަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެކަމަނާ ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މެޑަމް ފާތުން ގެންދަވަނީ މާލޭގައި ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވަމުންނެވެ.