ކ. ކާށިދޫގައި ހިންގަމުންދިޔަ ފުލުހުންގެ ކަސްޓޯޑިއަލް ޖަލެއް ކަމުގައި ހަމަޖައްސާ ހޯމް މިނިސްޓްރީން އެކަން އިއުލާންކޮށްފި އެވެ.

ކާށިދޫ ކަސްޓޯޑިއަލް މީހުން ބަންދުކުރާ ޖަލަކަށް ބަދަލުކުރީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ކާށިދޫ ޖަލު ހިންގާނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

ޖަލުތަކާއި ބެހޭ ގާނޫނުގައިވާ ގޮތުން މީހުން ބަންދު ކުރާ ތަންތަން ކަނޑައެޅުމަށްފަހު އެތަންތަން އާންމުކޮށް އިއުލާންކުރަންޖެހެ އެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ މީހުންނާއި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބާ މީހުން މިހާތަނަށް ބައިތިއްބަމުން ދިޔައީ އަތޮޅު ތެރޭގައިވާ ފުލުހުންގެ ބައެއް މަރުކަޒުތަކުގައި ހަދާފައި ހުންނަ ކަސްޓޯޑިއަލްތަކާއި، މާލޭގައި ހުންނަ އަތޮޅުވެއްސާއި، ދޫނިދޫގަ އެވެ.