ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ ހިންގެވުން އާޒިމާއާ ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ޗުއްޓީއެއް ނެންގެވުމާ ގުޅިގެންނެވެ.

ހޯމް މިނިސްޓަރު މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި ޗުއްޓީއަކަށް ވަޑައިގަތުމުން އެފަހަރު ވެސް އެމިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އާޒިމާ އަށެވެ.

ބައެއް މިނިސްޓަރުން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ނުވަތަ ޗުއްޓީ ނެންގެވުމުން މިނިސްޓްރީތަކުގެ ހިންގެވުން ބައެއް ވަޒީރުންނާ ހަވާލުކުރެއްވުމަކީ އާންމުކޮށް އަމަލުކުރައްވާ އުސޫލެކެވެ.