ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރުފަހު އދ. މާމިގިއްޔަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް ޔާމިން މިއަދު މާމިގިއްޔަށް ވަޑައިގަންނަވަނީ އެރަށުގެ ބޯފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވުމަށެވެ.

ރައީސް މާމިގިއްޔަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިފަހަކަށް އައިސް ރައީސް ގެންދަވަނީ ކައިރިކައިރީގައި އަތޮޅު ތެރެއަށް ވަޑައިގެން އެކިއެކި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާ އަދި ބައެއް މަޝްރޫއުތަކުގެ ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.