ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރި އަތޮޅު ދެކުނުބުރީ މާމިގިއްޔަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި، މާމިގިލީގައި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވިއެވެ.
ރައީސްްގެ އަރިހުގައި، މިދަތުރުފުޅުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޡާރިޤް އިބްރާހިމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުއްﷲ ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަހަކަށް އައިސް ރައީސް ގެންދަވަނީ ކައިރިކައިރީގައި އަތޮޅު ތެރެއަށް ވަޑައިގެން އެކިއެކި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާ އަދި ބައެއް މަޝްރޫއުތަކުގެ ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.