ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ގާޒީ ނިހާންގެ މައްޗަށް މީގެ ކުރިން ހަތަރު ދައުވާއެއް އުފުލި ނަމަވެސް އަލުން ޓެރަރިޒަމްގެ ދައުވާ ކޮށްފައި މިވަނީ ކުރިން ކުރި ހަތަރު ދައުވާގެ ތެރެއިން އެއް ދައުވާއެއް އަނބުރާ ގެނައުމަށްފަހު އެވެ.
ނިހާންގެ މައްޗަށް މީގެ ކުރިން އުފުލި ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެންނުވާ އަމަލެއް ކުރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
ދައުވާތަކަށް ނިހާން ވަނީ މީގެ ކުރިން އިންކާރުކުރައްވާފަ އެވެ.
-- ތަފްސީލް އަންނަނީ --