ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ގޭބަންދުން ދޫކޮށްލައިފި އެވެ.

މަހުލޫފް ބަންދުން ދޫކޮށްލީ، ބަންދުގެ މުއްދަތު ހަމަވުމުން ބަންދު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންނެވެ.

ފުލުހުން މަހުލޫފް ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެންނެވެ. އަދި ޖެހިގެން އާ ދުވަހު މަހުލޫފްގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހަށް ގޭބަންދުކުރި އެވެ.

ފުލުހުން މީގެ ކުރިން ބުނެފަިއ ވަނީ މަހްލޫފް ހައްޔަރުކުރީ އެމްޑީޕީން އެދުވަހު ބޭއްވި މުޒާހަރާ ނިންމާލިފަހުން ފުލުހަކަށް ހަމަލާދީގެން ކަަމަށެވެ.