ފްލައި ދުބާއީގެ އެއާލައިންގެ ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓުނީ ދުބާއީއިން ފުރައިގެން ރަޝިއާއަށް ގޮސް، ރަޝިއާގެ ރަސްޓޯވްގެ އެއާޕޯޓްގައި ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައެވެ. އަދި އެފްލައިޓުން ދަތުރުކުރީ 55 ފަސެންޖަރުންނާއި ފްލައިޓުގެ ހަ ކުރޫއިންނެވެ. އެ އެންމެން ވެސް މަރުވެފައި ވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ފްލައިޓް ވެއްޓުނު އިރު އެއާޕޯޓްގެ މޫސުން އެހާ ރަނގަޅު ނޫން ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ވެއްޓުނު ފްލައިޓަކީ ބޮއިން 737 – 800 މަރުކާގެ ފްލައިޓެކެވެ. ބޯޓު ވެއްޓުނު ތަނުގައި މިހާރު ދަނީ މީހުން ސަލާމަތް ކުރުމަށް 700 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންނެވެ. އަދި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފްލެއިޓް ވެއްޓުން މެދުވެރި ސަބަބެއް އަދި މުޅިން ނޭގޭއިރު، މިމައްސަލަ ދެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ބަލަން ފަށާއިފައެވެ.