އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރަން ސައުދީ ފަންޑުން ދޭން ނިންމާފައިވާ ލޯން އެއްބަސްވުމުގައި ސޮއިކުރުން އަވަސް ކޮށްދޭނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދީފައިވާ ކަަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުަމަށް ސައުދީ ފަންޑުން ދިނުމަށް ހަމަޖައްސާފައިވަނީ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު މިހާރު ޔޫއޭއީ އަށާއި ސައުދި އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސައުދީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ބިން އަބްދުލް އަޒީޒުއާއި ބައްދަލުކުރެއްވި ކަމަށެވެ.