އިންޑިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފި އެވެ.

އިންގްލޭންޑް ސެމީއަށް ދަތުރުކުރީ އިއްޔެ ސްރީލަންކާއާ ވާދަކޮށް 10 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިންޑިއާގެ ދިއްލީގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލޭންޑް ކުޅެންއަރާ 20 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 171 ލަނޑު ހެދިއެވެ. މެޗުގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ޖޮސް ބަޓްލާ އެވެ. އޭނާ ވަނީ ނުބައި ނުވެ 66 ލަނޑު ހަދައިދީފައެވެ.