2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ދެ ގައުމެއްގައި ބޭއްވުމަކީ ވަރަށް ވެސް ރަނގަޅު ކަމެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕް ދެ ގައުމެއްގައި މިހާތަނަށް ބޭއްވީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގަ އެވެ.

އިންފަންޓީނޯ ވިދާޅުވީ، އާޖެންޓީނާ އާއި އުރުގުއޭ ގުޅިގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ކުރާ މަސައްތަށް ތާއީދުކުރާ ކަމަށެވެ. އަދި އެކަން އެގޮތައް ކުރެއްވިއްޖެ ނަމަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ލިބެމުން އަންނަ ފޯރި އިތުރަށް ގަދަވެ، ދެ ގައުމަށް ވެސް އޭނގެ ފައިދާ ކިތަންމެހާވެސް ބޮޑަށް އެކިއެކި ގޮތް ގޮތުން ކުރާނެ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

ދެހާސް ތިރީސް ވަނަ އަހަރަކީ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ އަހަރު ކަމަށް ވީއިރު އެމުބަރާތް ދެ ގައުމެއްގައި ބޭއްވޭތޯ ފީފާގެ ތެރެއިން ކުރެންޖެހޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރައްވާނެ ކަމަށާއި އެކަމުގެ މަސްވަރާތައް ވެސް ވީއެންމެ އަވަހަކަށް ފަށާނަން ކަމަށް އިންފަންޓީނޯއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ގައި އުރުގުއޭގައި ބޭއްވިއިރު އާޖެންޓީނާ އަތުން 4-2 ލަނޑުން މޮޅުވެ އެފަހަރު ތަށި ހޯދީ އުރުގުއޭއިންނެވެ. އަދި އާޖެންޓީނާ އިން މިހާތަނަށް ވޯލްޑް ކަޕް ބާއްވާފައިވަނީ 1978 ވަނަ އަހަރެވެ.