މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެސްޓަންވިލާގެ ކޯޗުކަމާ ހަވާލުވި، ފްރާންސްގެ ރެމީ ގާޑް އެކުލަބުގެ ކޯޗް ކަމުން މިއަދު އިސްތިއުފާ ދީފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އެސްޓަންވިލާގެ ކޯޗުކަމާ ހަވާލުވި އުމުރުން 49 އަހަރުގެ ރެމީ ކޯޗް ކަމުން އިސްތިއުފާ ދިނީ އޭނާ އެކުލަބުގެ ކޯޗް ކަމާ ހަވާލުވި ފަހުން ވެސް އެކުލަބަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވުމުން ކަމަށެވެ. އޭނާގެ އިރުޝާދުގެ ދަށުން އެކުލަބުން ޖުމްލަ 16 މެޗް ކުޅުނު އިރު، އެކުލަބަށް މޮޅެއް ހޯދިފައި ވަނީ އެންމެ ތިން މެޗުން ނެވެ.

ސޯޅަ ޕޮއިންޓާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ފުލުގައި އޮތް އެެސްޓަން ވިލާގެ ކޯޗް ކަމުން ރެމީ އިސްތިއުފާ ދިންއިރު، ލީގުގައި ދެން އެންމެ އަވަހަށް އެސްޓަންވިލާތުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށެވެ.

އެެސްޓަން ވިލާގެ ކޯޗް ކަމުން ރެމީ އިސްތިއުފާ ދިންއިރު، އެކުލަބް އޮތީ ޕްރިމިއާ ލީގުން ވެސް ރެލިގޭޓްވުމާ ގާތުގައެވެ.