ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންއިން 3 ވަނަ ރައުންޑަށް ދިޔަ ޓީމުތަށް ކަށަވަރު ވެއްޖެއެވެ.

ކޮލިފިކޭޝަންގެ 2 ވަނަ ބުރުގައި 40 ޓީމެއް ވާދަ ކުރި އިރު މިބުރު ކުޅެފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން 8 ގުރޫޕަށް ބަހާލައިގެންނެވެ.

ވަކި ވަކި ގުރޫޕްތަކުގެ ނަތީޖާއަށް ބަލާއިރު ގުރޫޕް އޭ އިން އެންމެ ގިނަ ޕޮއިންޓް ހޯދާގެން 3 ވަނަ ބުރަށް ދަތުރު ކުރީ ސައުދީ އަރަބިއްޔާއެވެ.ގުރޫޕް ބީ އިން ތިންވަނަ ބުރަށް ކޮލިފައިވީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ގައިވެސް ވާދަކުރި އޮސްޓްރޭލިޔާއެވެ.ގުރޫޕް ސީ އަށް ބަލާއިރު އެންމެ ފަހުން ކުޅުނު މެޗުން ޗައިނާ ގަތަރު ބަލި ކުރި ނަމަވެސް 3 ވަނަ ބުރަށް ގޮސްފައިވަނީ 2023 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވާ ގައުމު ކަމަށް ވާ ގަތަރުއެވެ.

ގުރޫޕް ޑީ އަށް ބަލާއިރު މިގުރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ގޮސްފައިވަނީ އޭޝިޔާ ސަރަހައްދުގެ ފުޓުބޯޅައިގެ ގަދަ ބާރެއްކަމަށްވާ އިރާނެވެ.ގުރޫޕް އީ އިން 3 ވަނަ ބުރަށް ދަތުރުކުރީ 2002 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވި ޖަޕާންއެވެ.ގުރުޕް އެފް އިން އެއްމެ ގިނަ ޕޮއިންޓާއެކު 3 ވަނަބުރަށް ތައިލޭންޑު ދަތުރު ކޮށްފައިވަނީ ވަރުގަދަ އިރާގް ކަޓުވަލުމަށްފަހުއެވެ.ގުރޫޕް ޖީ ގެ އެއްވަނަ މަގާމު ދެކުނު ކޮރެއާ ހޯދިއިރު ގުރުޕް އެޗްގެ އެއްވަނަ އުޒްބެކިސްތާނަށް ލިބުނީ ވަރުގަދަ އުތުރު ކޮރެއާ ކަޓުވާލުމަށްފަހުއެވެ.

މި ނަތިޖާތަކަށް ބަލާއިރު އިރާގް ، ޗައިނާ ،ސީރިޔާ އަދި އެކުވެރި އަރަބި އިމާރަތް އޮތީ ގްރޫޕް ސްޓޭޖްގެ އެންމެ ގަދަ ދެވަނަޓީމު ތަކުގެ ތެރޭގައެވެ.

3 ވަނަ ބުރު ކުރިއަށް ދާނީ ލީގު އުސޫލުން 2 ގުރުފަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައިވެސް 6 ޓީމު ހިމެނޭ ގޮތަށެވެ. އެކަމަކު ގުރޫޕް ތަކުގައި ހިމުުނީ ކޮންޓިމު ތަކެއް ކަމެއް އިނގޭނީ ގުރުއަތުލުމަށްފަހުއެވެ.

މިފަހަރުގެ ވޯލްޑްކަޕުން އޭޝިޔާ ރީޖަން އަށް ފަސް ޖަގަ ދިނުމަށް ހަމަޖެހިފައިވާއިރު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕް ގައި އޭޝިޔާ ސަރަހައްދުން ކޮލިފައިވީ އޮސްޓްރޭލިޔާ ، ޖަޕާން ، ދެކުނު ކޮރެއާ އަދި އިރާންއެވެ. އެއަހަރުގެ ވޯލޑްކަޕްގައި މިއިން އެއްވެސް ޓީމަކަސް ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާއިރު ހުރިހާޓިމެއްވެސް ކެޓީ ފުރަތަމަ ބުރުންނެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް އޮންނާނި ރަޝިޔާގައެވެ.