ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ނޫސްވެރިން މިއަދު މުޒާހަރާކޮށްފި އެވެ.

ނޫސްވެރިންގެ މުޒާހަރާ ފެށުމުގެ ގޮތުން ފުރަތަމަ އެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލް ހިންގަމުން ގެންދާ ގ. ބިއްލޫރިޖެހިގެ އަށެވެ. އެތަނުން ނިކުމެގެން ނޫސްވެރިން މަގުތަކުގައި ހިނގާފައި ދިޔައީ ސީދާ ރައީސް އޮފީސް ކުރިމައްޗަށެވެ.