ދނޫސްވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިކަަމަށް ގޮވާލައްވާފައި މިވަނީ ރާއްޖޭގެ ނޫސްވެރިން މިއަދު މުޒާހަރާކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް އަދި ބައެއް ފުލުހުން ހައްޔަރުކޮށްފައިވާ ވަގުތެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގޮއްމުށުގެ ބާރުގައި ނޫސްވެރިންނާ މުއާމަލާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލާ،" ނޫސްވެރިންތަކެއް މިއަދު ހައްޔަރުކޮށްފައިވާތީ ރައީސް ނަޝީދު ކުރެއްްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ މިއަދު އޮތީ ނުރައްކާތެރި ހާލަތެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިން މިއަދު ކުރި މުޒާހަރާގެ ތެރެއިން 16 ނޫސްވެރިޔަކު ހައްޔަރުކޮށްފައިވާ ކަަމަށް މައުލޫމާތު ލިބެ އެވެ. އަދި އޭގެ ތެރެއިން ބައެއް ނޫސްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.