ދިވެހި ނޫސްވެރިން ކުރި އިހުތިޖާޖު ހުއްޓުވައި ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިން މިއަދު އިހްތިޖާޖު ކުރީ އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް މަނާކޮށްފައިވާ ސަރަހައްދެއްގައި އިހުތިޖާޖު ކުރުމަކީ މައްސަލައެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމުގައިވެސް މޮންދު ވިދާޅުވި އެވެ.

މޮންދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފަށް ގުޅުއްވުމުން ވިދާޅުވެފައިވަނީ ނޫސްވެރިން އިހްތިޖާޖު ކުރީ އެއްވުން މަނާ ސަރަހައްދެއްގައި ކަމުގައިވާތީ ހައްޔަރުކުރި ނޫސްވެރިން ކޯޓަށް ހާޒިރުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްދެވެން ނެތް ކަމަށެވެ.

މޮންދު ވިދާޅުވީ ނޫސްވެރިން މިއަދު އިހްތިޖާޖު ކުރީ ސިޔާސީ ބައެއްގެ އެންގުމަކަށް ނޫން ކަމަށާއި އެއީ ނޫސްވެރިންގެ އަމިއްލަ އިސްނެގުމަކަށް ކުރި ކަމެއް ކަމެއްކަން އެނގިފައިވާ ކަމަށް،،

މިއަދު ކުރިއަށްދިޔަ އިހްތިޖާޖުގެ ތެރެއިން 17 ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.