ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ނޫސްވެރިން ހައްޔަރުކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިމައްސަަލަ ކޮމިޓީއަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުންނެވެ.

ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މީޑިއާގެ މިނިވަންކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ނޫސްވެރިންތަކެއް އިއްޔެ ރައީސް އޮފީސް ކައިރީގައި ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރުމުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ނޫސްވެރިންނަކަށް އަނިޔާކޮށް 16 އަށް ވުރެ ގިނަ ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަަމަށެވެ.