އައިސީސީ ވޯލްޑް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ ފައިނަލުގައި ރޭ އިންގްލޭންޑް އަތުން ހަތަރު ވިކެޓުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ވެސްޓް އިންޑީޒްއިން ހޯދައިފި އެވެ.

މިއީ ވެސްޓް އިންޑީޒް މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

ރޭ މެޗުގެ ޓޮސް ދިމާވުމުން އިންގްލޭންޑްއިން ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން އެޓީމް ކުޅެން އަރާ 20 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން 155 ލަނޑު ހެދިއެވެ. އަދި އިންގްލޭންޑް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑު ހެދި ޖޮއީ ރޫޓްއެވެ.

ޖަވާބުގައި ވެސްޓް އިންޑީޒްއިން ކުޅެންއަރާ 19.4 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 161 ލަނޑު ހަދާ ޗެމްޕިއަންކަން ހޯދިއެވެ.

ވެސްޓް އިންޑީޒް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 85 ލަނޑު ހެދި މާލޮން އެވެ.