ޗައިނާއާިއ ރާއްޖެއާއި ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓު ކުރާ މަހުގެ ގިނަ ބާވަތްތަކަކަށް ޑިއުޓީ ނެގުން ހުއްޓާލާނެ ކަމުގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ގޮތުން ރާއްޖެއަށް މުދާ އެތެރެކޮށް އަދި ބޭރުކުރާ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމަށް ފަހު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ރާއްޖެއިން ޗައިނާ އަށް އެތެރެކުރާ މަހުން ޑިއުޓީ ނެގުން ހުއްޓާލަން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމަނަން މަޝްވަރާކުރަމުންދާ ކަމަށާ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތެކެއް ލިބިގެންދާނެ ކަމަށެވެ.