އައި ޓެން އިންޓަނޭޝަނަލް އިން ވިއްކަމުން ގެންދާ މިލްކީ ގޯލްޑް ޕްރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން ބާއްވައިފި އެވެ.
ޝީޝާ ޝޯ ރޫމްގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ވ. ކެޔޮދޫ އާދަމް ނަސީހުއަށް ސައިކަލް ހަވާލުކޮށްދިނީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އައި ޓެން އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އާދިލް އެވެ.
އާދަމަށް މި ސައިކަލު ލިބުނީ އެންމެ ހަ ކިރު ދަޅު ގަނެގެން ކަމަށް އައި ޓެން އިންޓަނޭޝަނަލް އިން ބުނެ އެވެ.
އައި ޓެން އިންޓަނޭޝަނަލް އިން މާޗް މަހު ފެށި މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ހޮންޑާ ސައިކަލްއެއްް ދިނުމަށް ހަމަޖައްސާފައިވާއިރު ކޫޕަންތައް ފޮއްޓާ ހަމައަށް ގެނެސްދިނުމަށް އައި ޓެން އިން އެދެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާއިރު މިލްކީ ގޯލްޑްގެ 400 އަދި 900 ގްރާމްގެ ކިރު ދަޅަކަށް ކޫޕަނެއް އަދި 1800 ގްރާމާއި 2500 ގްރާމްގެ ކިރު ދަޅެއް ގަތުމުން ދެ ކޫޕަން ލިބެ އެވެ.
މިލްކީގޯލްޑް ހިކި ކިރަކީ ނިއުޒިލެންޑްގެ އުފެއްދުމެކެވެ.