ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ "ވާށޭ މަށާއެކީ" އޮލިންޕަހުގެ ސުކްރީންގައި ރޭ އަޅުވާފައިވާއިރު މިރޭ އަތޮޅުތެރޭގައި ފިލްމު ދައްކަން ފަށައިފިއެވެ.

ފިލްމުގެ ފުރަތަމަ ޝޯ ބަލަން އޮލިންޕަހަށްދިޔަ ގިނަ ފަރާތްތަކުން ބުނީ ވާށޭ މަށާއެކީ މިފިލްމާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ޑާކްރެއިން އެންޓައިޓަމްއިން މިއަހަރު ސުކްރީނާއި ހަމައަށް ގެނެސް ދިން ފުރަތަމަ ފިލްމު ވާށޭމަށާ އެކީ ސުކްރީން ކުރުމުގެ ކުރިންވެސް މިއަަހަރު ފިލްމީ އޯޑިއެންސް އެންމެ އިންތިޒާރުކުރި ފިލްމަކީ މިއީއެވެ. ވާށޭމަށާއެކީ އޮލިންޕަހުގައި ދައްކަން ފަށާފައިވާއިރު، ފުރަތަމަ 5 ޝޯ މިހާރުވެސް ވަނީ ފުލްވެފައެވެ.

އަދި ކުރިއަށް އޮތް 5 ޝޯގެ ޓިކެޓް މިހާރު ވިއްކަމުން ގެންދާއިރު، އޭގެ ތެރެއިން ބައެއް ޝޯތަކުގެ ގިނަ ޓިކެޓްވެސް ވަނީ ވިކި ހުސްވެފައެވެ.

މިހާތަނަށް ކާމިޔާބު ހަތް ފިލްމެއް އުފައްދާ ސުކްރީނާއި ހަމައަށް ގެނެސްދިން ޑާކްރެއިންގެ އައު ފިލްމާއިމެދު ފިލްމު ބަލަން ވަތް ގިނަ މީހުން ވަނީ ހިތްހަަމަޖެހުން ފާޅުކޮށްފައެވެ.

މިއީ މިހާތަނަށް ސުކްރީން ކުރެވުނު އެންމެ ތަފާތު އަދި އެކްޓިންގެ ގޮތުންވެސް ފެންވަރު ރަނގަޅު ފިލްމެއްކަމުގައި ގިނަ ބެލުންތެރިން ވަނީ ފާހަގަކޮށްފައެވެ.

"ވަރަށް އެންޓަޓައިނިންގ ފިލްމެއް. މިހާތަނަށް ބެލި އެންމެ ސަޅި ފިލްމު މިއީ." ފިލްމު ބެލުމަށްފަހު ޒުވާނުން އަންހެން ކުއްޖު ބުނީ މިހެންނެވެ.

"އަސްލު މި ފިލްމުން އެނގިގެން ދިޔައީ ދިވެހިންވެސް ސަޅި ފިލްމެއް އުފައްދައިފިނަމަ ބަލާނެ މީހުންވާނެކަން. ޔަގީން އަދި އެއް ޝޯއަށް ވަންނާނަން. ދެވަނަ ފަހަރަށް ބަލާލަންވެސް މިއީ ހަމަ ބެސްޓް ފިލްމެއް." އިތުރު ބެލުންތެރިއަކު ކޮމެންޓް ކުރީ މިގޮތަށެވެ.