ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ކުރިއަށްދާ "ޓްރަވަލް މާކެޓް އެފްރިކާ އެގްޒިބިޝަން"ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނީ އިން ބުނީ މި ފެއާގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ސަރުކާރުގެ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ވެސް ބައިވެރިވާ ކަމަށެެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ޓޫރިޒަމްގެ ދާއިރާގެ ތަފާތު ފެއާތަކުގައި އަމަލުކުރާ ގޮތަށް މިފެއާގައި ވެސް ރާއްޖެއާއި ގުޅޭ ގޮތުން ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތުދީ ރާއްޖެ އިޝްތިހާރު ކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.
އިއްޔެ ފެށި މިފެއާ މާދަމާ ނިންމާލުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖެއިން މި ފެއާގައި ބައިވެރިވާ ފުރަތަމަ އަހަރެވެ.