ބ އަތޮޅުގެ ރަށްރަށުގެ މިސްކިތްތަކުގެ ހާލަތު ބައްލަަވާލެއްވުމަށާއި، ކައުންސިލްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒިއާދު އެއަތޮޅުގެ ތިން ރަށަކަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެގޮތުން މިނިސްޓަރު ޒިއާދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ބ އަތޮޅު ދޮންފަނަށެވެ. ދޮންފަނަށް ވަޑައިގެން މިނިސްޓަރު ވަނީ އެރަށު ކައުންސިލާއި ބައްދަލްކުރައްވާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒިއާދު ވިދާޅުވީ މި ބައްދަލްވުމުގައި ދޮންފަނު މިސްކިތުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލާއި އެކު މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ރަށުގެ ހާލަތާއި ގުޅޭގޮތުން ކައުންސިލް މެންބަރުން މައުލޫމާތު ހިއްސާކޮށްފައިވާކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދަތުރުފުޅުގައި މިއަދު ދޮންފަނުގައި އިމާމްވެ ހުކުރު ކުރެއްވީވެސް މިނިސްޓަރު ޒިއާދުއެވެ.