"ހަމަ ހިމޭން ހިނގާލުން" މި ނަމުގައި ނޫސްވެރިން ކުރިއަށް ގެންދާ މުޒާހަރާއަށް ފުލުހުން ހުރަސްއަޅައިފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ނޫސް، ހަވީރު ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެންނާއި، ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާއާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާއްމުކޮށްފައި ނުވާ ކަމަށް ބުނެ ނޫސްވެރިން ކުރިއަށް ގެންދާ ހިމޭން ހިނގާލުން ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެކަމަށް ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހަވީރު 4:30 ގައި އާރޓިފިޝަލް ބީޗު ސަރަހައްދުން ފެށި މުޒާހަރާގައި އެކި މީޑިއަމްތަކުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ ގެންދަމުންނެވެ.