"ހަމަ ހިމޭން ހިނގާލުން" މި ނަމުގައި ނޫސްވެރިން ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލައިފިއެވެ.
މިއަދު ހަވީރު 4:30 ގައި އާރޓިފިޝަލް ބީޗުން ފެށި ހިނގާލުން މަގުމަތީގައި ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އެޅުމުން ނޫސްވެރިން ވަނީ މަޖީދީމަގުގައި އިށީންދެ ތިބެ އެއްވުން ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް އިރުއޮއްސި ހައެެއް ޖެހުމާއެކު ނޫސްވެރިންގެ ފަރާތުން ވަނީ އެމީހުން އެދޭ އެދުންތައް ހާމަކުރުމަށްފަހު ހިނގާލުން ނިންމާލިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ނޫސްވެރިންގެ ފަރާތުން އިއްވި ބަޔާނުގައި ވަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހްމަދު ރިލްވާން އަބުދުﷲގެ މައްސަލަ މިނިވަންކޮށް ތަހްގީގްކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނައުމަށްވެސް ވަނީ ގޮވާލާފައެވެ.