"ހޯޕް ބިޔޯންޑް ޝެޑޯސް އޮފް ޕެއިން"ގެ ނަމުގައި ކުރީގެ ވަޒީރު ޑރ މަރިޔަމް ޝަކީލާ ޅެން ފޮތެއް ނެރުއްވައިފިއެވެ.

އިނގިރޭސި ބަހުން އެކަމަނާ ނެރުއްވާފައިވާ މި ޅެންފޮތުގައި ހަޔާތުގެ އެކި ދުވަސްވަރު ކުރައްވަން ޖެހިވަޑައިގެން ތަފާތު އެކި ތަޖްރިބާތައް ވަނީ ޅެންތަކެއްގެ ސިފާގައި ބަޔާންކޮށްދެއްވާފައެވެ.

60 ސަފުހާގެ މި ފޮތް ނެރުއްވުމަށްފަހު އޮންލައިންކޮށް ފޮތް ގަނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެމޭޒަން އިން ފޮތް މިހާރު ގަންނަން ލިބޭއިރު ހާޑްކަވާގައި ފޮތް ވިއްކަނީ 24.99 ޑޮލަރަށެވެ. އަދި ޕޭޕަބެކްގައި 15.99 އަށް ލިބޭނެއެވެ.