ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެނޫންވެސް ސިޔާސީ ހައްޔަރީންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމެރިކާގެ ސެނެޓުގެ އިއްތިފާގުން ގަރާރެއް ފާސްކޮށްފި އެވެ.
މިގަރާރު ފާސްކޮށްފައި ވަނީ އެމެރިކާގެ ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފުރިހަމަ ތާއީދު ލިބިގެންނެެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ މި ގަރާރު ސެނެޓަށް ހުށަހެޅުއްވީ ސެނެޓްގެ ދެމެމްބަރުން ކަމުގައިވާ ޕެޓްރިކް ހީލީ އާއި ޖޯން މެކޭން އެވެ.
މިގަރާރުގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިނގާފައިވާ ގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ.
އެެމެރިކާ ސެނެޓުން ފާސްކުރި ގަރާރުގައި އިތުރަށް ބުނެފައިވަނީ މިކަންކަން ރަގަޅުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި ސިޔާސީ ހުރިހާ ކުށްވެރިން މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.