އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޓާމިނަލް ތެރޭގައި ފެން ބޮޑުވެއްޖެ އެވެ.

އެއާޕޯޓުގައި ފެން ބޮޑުވީ މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައާއި ގުޅިގެން އެއާޕޯޓުގައި ފެން ދައުރުވަމުން ދިޔަ ހޮޅިއަކުން ލީކް ވެެގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިހާރު އެމައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިއަދު ކުރި ވިއްސާރައާއި ގުޅިގެން ޓާމިނަލްގެ އިތުރުން އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ވެސް ފެން ހެދުނެވެ.