ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 22 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 156 މިލިއަން ރުފިޔާ ރުފިޔާ އެވެ.

އެމްޓީސީސީ އަށް ލިބުނު ފައިދާގެ ތެރެއިން 2014 ވަނަ އަހަރު ފަސް މިލިއަން ރުފިޔާ ބަހާފައިވާއިރު މިދިޔަ އަހަރުގެ ފައިދާއިން 11 މިލިއަން ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީން 2014 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުންނަށް މޫނުމަތީ އަގު 50 ރުފިޔާގެ ހިއްސާއަކަށް ބަހާފައިވަނީ 20 ރުފިޔާ އެވެ.