އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރު" މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓް ތަކެއް ލިބިގެން ދާނެ ކަމަށެވެ . އަދި މިޕްރޮމޯޝަންގައި ބަދިގެ އަދި ގޭތެރޭގެ ސާމާނު ލިބެން ހުންނާނެ ކަމަށާއި އޭގެ އިތުރުން ޔޫރޯ އާއި ދިމާކޮށް ފިލިޕްސް، ހިޓާޗީ އަދި ސެމްސަންގް ޓީވީތަކަށް ބެޑެތި ޑިސްކައުންޓާއެކު އިނާމްތައް ވެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ބުނީ، މި ޕްރިމޯޝަންގައި ކުރައްވާ ކޮންމެ 1000ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި މި ލަކީޑްރޯގައި ކޮންމެ ހަފްތާއަކު ހޯމްއިމްޕްރޫވްމަންޓު އަދި ރީޖަނަލް ފިހާރަތަކުން ގުރުއަތުން ހޮވާލެވޭ ނަސީބުވެރިފަރާތަކަށް ދެ ލައްކަ ރުފިޔާގެ އަގުހރި އިނާމްތަކެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ބައްލަވާގަންނަވާ ބައެއް ޕްރޮޑަކްޓްސްތަކަށް ވަގުތުން ލިބޭ އިނާމް ތަކެއް ހުށައެޅިފައި ވާކަމަސެވެ. އަދި މިޕްރޮމޯޝަންގައި މާލޭގެ އެކި ސަރަހައްދޔ ތަކުގައި ރޯޑްޝޯ އަދި ޑެމޯ ސެޝަންތަކެއް ކުރިއަށް ދާނެ ކަަމށް ވެސް އެސްޓީއޯއިން މަުއލޫމާތު ދެއެވެ.

އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ އިތުރުން އެސްޓީއޯގެ 13 ރީޖަނަލް އައުޓްލެޓެއްގައެވެ.