ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ސްރީލަންކާގެ 12 ގައިދީއަކު ލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ.
މިއަދު މިކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓަންޓް ޑައިރެކްޓަ ސަމާހަތު ޒުހުރީ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ލަންކާގެ 12 ގައިދީން ލަންކާ ސަރުކާރާއި ހަވާލުކުރީ ކުށްވެރިން ބަދަލުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާން ކުރާ ގަވާއިދުގެ ދަށުން ސްރީލަންކާގެ ނޭވީ ބޯޓު "ޝަކްތީ"އާ ކަމަށެވެ.