މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ގދ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ގދ. އަތޮޅަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގަ އެވެ.