ސޯޝަލް މީޑިއާގައި އުޅުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް މަޝްހޫރު އެކްޓްރެސް ޖެނިފާ އެނިސްޓަން ބުނެފި އެވެ.

ފީމޭލް ފަސްޓުގައި ޖެނިފާ އާއި ހަވާލާދީ ބުނެފައިވަނީ ސޯޝަލް މީޑިއާގައި އުޅުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާ ވަރުގެ އެއްޗެއް ވެސް އޭނާގެ ހަޔާތުގައި ނެތް ކަަމަށް ބުނެފައިވެ އެވެ.

މަޝްހޫރު "ފްރެންޑްސް" ސީރީޒްގެ ތެރެއިން ގިނަ ބަޔަކަށް ފާހަަގަވެގެން ދިޔަ ޖެނިފާ ބުނީ މީހުންނާ މުއާމަލާތު ކުރަން އޭނާއަށް އެންމެ ފަސޭހައީ ޓެކްސްޓް މެސެޖު ފޮނުވައިގެން ކަމަށްވާތީ އޭނާ މީހުންނާ ވާހަކަދައްކަނީ ޓެކްސްޓް މެސެޖު ކޮށްގެން ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމުގައިވާ ފޭސްބުކާއި އިންސްޓަގްރާމާ ޓްވީޓާ ކަހަލަ ވަސީލަތްތައް ބޭނުން ކުރާ ހިތްނުވާ ކަަމަށްވެސް ބުންޏެވެ.

ޖެނިފާ ސޯޝަލް މީޑިއާ ބޭނުންކުރާ ހިތް ނުވާ ކަމަށް ބުނާއިރު އޭނާ އަކީ އަމިއްލަ ދިރިއުޅުމުގައި މައްސަލަ ބޮޑު މީހެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މިހާރު ކައިވެނިކޮށްގެން އުޅޭ ޖަސްޓިން ކައިރިންވެސް ޖެނިފާ ވަރިވާން އުޅޭ ކަމުގެ އަޑުތައް މިހާރު ދަނީ ފެތުރެމުންނެވެ.