ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް 25 ޕަސެންޓުގެ އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ މިއީ އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ކުންފުނިން މި ހިނގާ އޭޕްރީލް މަހާއި އަންނަ މެއި މަހު ދޭން ނިންމާފައިވާ ހަދިޔާއެއް ކަމުގައި އެވެ.

އެގޮތުން މި ހިނގާ އޭޕްރީލް މަހުގައި ކަސްޓަމަރުން މިހާރު ބޭނުން ކުރަމުން ގެންދާ ޕެކޭޖުގެ އިތުރުން 25 ޕަސެންޓުގެ އިތުރު ޑޭޓާ މިހާރުން ފެށިގެން ލިބިފައިވާނެ ކަމަށާއި، އަދި އަންނަ މެއި މަހު ކަސްޓަމަރުން ހިޔާރުކުރައްވާ ޕެކޭޖަކުން އިތުރު 25 ޕަސެންޓުގެ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖެއް އަލަށް ނަންގަވާ ކަސްޓަމަރުންނަށް ވެސް އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ.

މީގެ އިތުރަށް ވެސް ފިކްސްޑް ބްރޯޑްބޭންޑްގެ ފައިބާ އަލްޓްރާ ފާސްޓް އަދި އޭޑީއެސްއެލްގެ ހިދުމަތް ބޭނުން ކުރައްވަމުން ގެންދަވާ ހުރިހާ ރެސިޑެންޝަލް އަދި ބިޒްނަސް ކަސްޓަމަރުންނަށްވެސް ދިރާގުގެ "ދަ ބިގް ބައިޓް ގިފްޓް" ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.