ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޖުމްހޫރީމައިދާނުގައި މިރޭ ބޭއްވި "ގެދޮރުވެރިކުރުން" ރަސްމިއްޔާތުގައި ހައުސިން ޔުނިޓްތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.
ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ކުންފުނިތަކާއި ސްރީލަންކާ އަދި ތުރުކީގެ ކުންފުނިތައް ހިމެނެއެވެ.
15 ހާސް ހައުސިންގ ޔުނިޓްގެ ތެރެއިން ހަތް ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއެވެ. ތުރުކީގެ އޮސްޓާރ ހޯލްޑިންގ ކުންފުންނާއި ފަސް ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރަން ހަވާލުކުރިއިރު، ޗައިނާގެ އިތުރު ދެ ކުންފުންޏަކަށް، ކޮންމެ ކުންފުންޏަކަށް އެއްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި ލަންކާގެ ކުންފުންޏަކާ އެއްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފައެވެ.