އުތުރު އެމެރިކާ އާއި ޔޫރަޕްގައިވެސް މަޖިލިސްތައް ހިނގަމުންދާނީ ރާއްޖޭގައި ވެސް މަޖިލިސް ހިނގާ ފެންވަރުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އުތުރު އެމެރިކާ އާއި ޔޫރަޕްގައި ވެސް މަޖިލިސްތައް ހިނގާނީ ރާއްޖޭގައި ވެސް މަޖިލިސް މި ހިނގާ ފެންވަރުގައި ކަމަށެވެ. މަޖިލިސް ހިނގާލެއް ފުރިހަަމަ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވަނީ ހުރިހާ މެންބަރުންނަށް ޝުކުރުވެސް އަދާ ކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާދަވެެރިކޮށް ބަހުސް ކުރައްވާ ކަމަށެވެ. އަދި ރިޔާސަތާވެސް މެންބަރުން ބަހުސްކުރައްވާ ކަން ފާހަގަކުރައްވާ މަސީހް ވިދާޅުވީ އެކަން ހިނގަންވާނީ ވެސް އެގޮތަށް ކަމަށެވެ.

ވޯޓް ދޭން ޖެހޭ ވަގުތު ތަކުގައި ފިއްތަކަށް މެންބަރުން އޮއްބަމުން ވެސް ގެންދަވާ ކަަމަށާއި އެހެންކަމުން މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ވެސް އައްސަރިބަހާ ސާބާސް ހައްގުވާ މެންބަރުން ކަމުގައިވެސް މަސީހް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މީގެ ކުރިން ވަނީ މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަކީ "ބޮޑުވަރު" ކުރާ މަޖިލީހެއް ކަމަށްވެސް ވިދާޅުވެފަ އެވެ.