ކޮމިޝަނާ އޮފް ޕްރިޒަންސް ހ. ފާލަންދޮށުގެ، މުހައްމަދު ހުޝާމް ގޭގައި މަޑުކުރަން އަންގައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިކަން ބައެއް މީީޑިއާތަކަށް ޔަގީންކޮށްދީފަ އެވެ.

މިމައްސަލައާއި ގުޅިގެން ހުޝާމްއާއި ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޖުޑިޝަރީގެ އިނިސްޕެކްޓަ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވަނިކޮށް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހ. ދިޔަދޫ މޫސާ އާޒިމް އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކުރެއްވީ މޫސާ އާޒިމް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.