މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިފްތިތާހުކޮށްފި އެވެ.

މި ކޮލެޖު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެމްއެންޑީއެފް އިން ބުނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް) ކޮލެޖަކަށް ބަދަލުވުމުން މަތީ ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ސިފައިންނަށް ހުޅުވިގެންދާނެ ކަމަށެވެ.