ރަސްމީ ދަތުރުފުޅެއްގައި ސްވިޑެންގެ ފޮރިން މިނިސްޓަރު މާގޮޓް ވޮލްސްޓްރޯމް ރާއްޖެ ވަޑައިގެންފިއެވެ.
ސްވިޑެންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ފޮރިން ސެކެޓްރީ ޑރ އަލީ ނަސީރު މުހައްމަދެވެ. މާގޮޓްގެ މިދަތުރުފުޅާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެކަމަނާގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށެވެ. އަދި ދަތުރުފުޅުގެ އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ސްވިޑެންގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގެންފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް ބަލައި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް އދ.ގެ އިސް އޮފިޝަލަކުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އދ.ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންފައިވަނީ އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއު އެވެ. ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ބުނީ ޓަމްރަޓްގެ މިދަތުރުފުޅުގައި ބޭނުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ މާހައުލެއް ގާއިމުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ހަމަޖެހުން ގެނެސް ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތް ކުރުމެވެ.
ސްވިޑެންގެ ފޮރިން މިނިސްޓަރު މާގޮޓް ވޮލްސްޓްރޯމް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލްކުރައްވާނެ ބޭފުޅުންނާއި، އެކަމަނާ ކުރައްވާނެ މަސައްކަތްްޕުޅެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.