ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު މަގާމުން ވަކިކުރައްވާ އެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިއަދު އައްޔަންކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަރީފް އެވެ.
ކަސްޓަމްސްގެ ކޮމިޝަނާ ކަމުން ޖުނައިދު ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމިންގެ އަރިސް ބޭފުޅެއް ކަމަށްވާ ޖުނައިދު ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވީ އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެދުވަހު އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ޝަރީފް އައްޔަންކުރެއްވީ އެސްޓީއޯގެ ސީނިއަ ޖެނަރަލް މެނޭޖަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިއަދު އައްޔަންކުރެއްވި އިބްރާހީމް ޝަރީފަކީ ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަންގެ މަގާމު ފުރުއެްވި ދުވަސްވަރު އެތަނުގައި ރައީސް ޔާމީން އާއި އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.