ޗައިނާ ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަ ވައިސް އެޑްމިރަލް ޓިއާން ޒޮން މިއަދު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފި އެވެ.

ބަންޑާރަ ކޮށީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.