ކަނޑަށް އެޅޭ ނުރައްކާތެރި ތެލާއި އެފަދަ އާލާތްތަކުގެ ސަބަބުން، ތިމާވެށި ތަޣައްޔަރުވުން ކުޑަކުރުމުގެ ގޮތުން އެކުލަވާލާ ކޮންޓިންޖެންސީ ޕްލޭނާ ބެހޭ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފި އެވެ.

ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން ބައިވެރިވާއިރު، މި މަޝްވަރާ ބައްދަލުވުން މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މަޝްވަރާ ބައްދަލުވުމަކީ ޔޫއެސް ޕެސިފިކް ކޮމާންޑް (ޔޫއެސް ޕެކޮމް) އާއި އެމްއެންޑީއެފުން ގުޅިގެން ވިލަރެސްކުރަމުންދާ ބައްދަލުވުމެކެވެ.