ޗައިނާ ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ޓިއާން ޒޮން ސިފައިންގެ އިސް އޮފިސަރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ބަންޑާރަކޮށީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ޗައިނާގެ އަސްކަރިއްޔާއިން، އަސްކަރީ ތައުލީމް އުނގެނުމުގެ ފުރުސަތު ހޯދުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވުނު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.