ރަމަޟާން މަހަށް އަމާޒުކޮށް ވީއޮންލައިނުން ކުރިއަށް ގެންދާ "ވާހަކަ މައިޒާން" މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

މި މުބާރަތަކީ ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ރަމަޟާން މަހަށް ހާއްސަކޮށްގެން ވީމީޑިއާ ގުރޫޕުގެ ވީއޮންލައިން އިން ކުރިއަށް ގެންދާ މުބާރާތެކެވެ.

ވީނިއުސްގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދިނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކެއް އަދިވެސް ތިބިކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވިފައިވާތީ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް އަކުން އެކަން އަންގަންޖެހޭ އެންމެ ފަހު ތާރީހަކަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ މިމަހުގެ 13ވާ ހުކުރު ދުވަހެވެ.

ވާހަކަ މައިޒާން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއެސް ކުރާނީ

VM [SPACE] NAME ADDRESS AGE [SEND[ 4888 މިގޮތަށެވެ.

މި މުބާރާތުގައި ވާހަކަ ލިޔުމުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޯދާ ފަރާތްތަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތަށް ފޮނުވާ ވާހަކަތަކަކީ މީގެ ކުރިން އެއްވެސް ގޮތަކުން ޝާއިއު ކުރެވިފައިވާ ވާހަކައަކަށް ވެގެން ނުވާނެ އެވެ. އަދި މިމުބާރާތަށް ފޮނުވާ ވާހަކަ ވާން ޖެހޭނީ އެ ވާހަކައެއް ފޮނުވި ފަރާތެއްގެ އަމިއްލަ އުފެއްދުމެއްގެ އިތުރުން ވީމީޑިއާ އިން އެ ވާހަކައެއް ބޭނުންކުރަންޖެހިއްޖެ ކޮންމެ ހާލަތެއްގައިވެސް ވީމީޑިއާ އަށް އެ ވާހަކައެއް ބޭނުންކުރުމުގެ ހައްގު ލިބިގެންވާ ވާހަކަ އަށެވެ.

މި މުބާރާތަށް ވާހަކަތައް ފޮނުވާނީ ވީއޮންލައިންގެ އީމެއިލް: [email protected] އަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ވާހަކަތައް ފޮނުވާނީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ ކުރިންނެވެ. ވާހަކަ ލިޔުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ގުޅާނީ ވީނިއުސްގެ ހޮޓްލައިން ނަންބަރު: 9962018 އަދި ވީއޮންލައިންގެ ނަންބަރު: 3018891 އަށެވެ.

މިމުބުރާތް ސްޕޮންސަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.