ބޮލީވުޑްގެ ދުނިޔޭގައި މިހާރު އެންމެ ފޯރިއާއި އެކު ދެކެވެމުންދާ އެއް ވާހަކަ އަކީ ސަލްމާން ޚާންގެ ކައިވެނީގެ ވާހަކައެވެ. އެގޮތުން މިއަހަރުގެ ޑިސެންބަރުގައި ސައްލޫބާއީ އޭނާގެ 51 އަހަރު ފުރޭ އުފަންދުވަހާއި ކައިވެނި ހަފުލާ އެއްކޮށް ބާއްވަން އުޅޭ ކަހަލަ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.

ޑިސެންބަރު 27ގައި ސަލްމާގެ ކައިވެނީގެ ގޮތް ޖަހާލަން އުޅޭކަމަށް ދެކެވޭ ވާހަކަ ތަކަށް ސަލްމާން ޚާން އާއި އޭނާގެ ލޯބިވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ރޫމޭނިއާގެ ޓީވީ ޕްރެޒެންޓަރ ލޫލިއާ ވަންތޫރު މިވަނީ ރައްދުދީފަ އެވެ.

ކައިވެނީގެ އެ ޚަބަރުތަކާއި ގުޅިގެން ސަލްމާން ބުނެފައިވަނީ ކައިވެނީގެ ވާހަކަ އެހެން ފަރާތަކުން ފެންމަތި ކުުރުމުގެ ކުރިން އޭނާ އަމިއްލައަށް އެކަން އިއުލާން ކުރާނެ ކަމަށެވެ. ސަލްމާން ބުނެފައިވަނީ އޭނާ ބޭނުންވުމުން ކައިވެނި ކުރާނެ ކަމަށާއި، އަދި އެކަން އޭނާ އަމިއްލައަށް އިއުލާން ކުރުމަކީ ލިބޭނެ ފަހުރެއް ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމުން ސަޕޯޓަރުންނަށް ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް އަންގާނެ ކަމަށެވެ.