ޔާރާ ޕްރޮޑަކްޝަން އިން އުފައްދާ ދިވެހި ފިލްމު "ވިޝްކާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
"ވިޝްކާ" މި ފިލްފުގެ ފުރަތަމަ ޓްރެއިލާ ދައްކާލާފައި ވަނީ މިއަދު މެންދުރު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ ބުނީ މި ފިލްމަކީ ދިވެހިފިލްމު އިންޑަސްޓްރީއަށް ހައިރާންކަން ގެނުވާނަ ފިލްމަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން މިހާރު މި ފިލްމުގެ ޝޫޓިންގެ މަސައްކަތް މުޅިން ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް ރިޝްމީ ބުންޏެވެ.
"ވިޝްކާ" ގެ ޑައިރެކްޓަރ ރަވީ ފަރޫގު ބުނީ، މި ފިލްމުގައި ދައްކުވައިދޭނީ ރާއްޖޭގެ ކުށުގެ ހާލަތު އޮތް މިންވަރު ކަމަށެވެ. އެގޮތުން މި ފިލްމުގެ ޝޫޓިން އަށް މޯލްޑިވުސް ޕޮލިސް ސާވިސް އާއި އެމްއެމްޑީއެފް އަދި ރެޑްކްރެސެންޓްގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ލިބިގެން ދިއަ ކަމަށެވެ.
"މި ފިލްމުގެ ފެނިގެންދާނީ ކްރައިމް ޑްރާމާއެއްގެ ގޮތުގައި. ޤައުމުގެ ހާލަތު ފެނިގެންދާނެ. ދެން މިހާރު މީ ވަަރަށް އަނިޔާވެރި ލޯބިވެސް މުޖުތަމަޢުން ފެންނަ ޒަމާނެއް. އެކަންކަން މި ފިލްމުން ފެނިގެންދާނެ." ރަވީ ބުންޏެވެ.