ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އަލަށް އެކުލަވާލި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓް އިއުލާންކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓް އިއުލާންކޮށްދެއްވީ ލަންޑަންގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް އަދި މިހާރު އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު އެވެ.