ރާއްޖެއިން އީރާން އާއި ދެމެދު އޮތް ޑިޕޮލޮމެޓިކް ގުޅުން ކަނޑާލަން ޖެހުނީ އިރާނުން އަމަލުކުރަމުންދާ ގޮތުން ޢަރަބި ޤައުމުތަކުގެ ސުލްހައަށް އަސަރުކޮށްފާނެތީ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޮފޮރިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވީ، މިހާރު އީރާނުން އަމަލުކުރަމުންދާ ގޮތުން އެ ޤައުމާއި އަވަށްޓެރި އިސްލާމީ ޤައުމުތަކަށް ދާޙިލީ ގޮތުންނާއި އެކި ގޮތްގޮތުން ގޮންޖެހުން ކުރިމަތިވަމުންދާ ކަމަށެވެ. އެކަމުގައި އެއްވެސް ޢަރަބި އަދި އެހެން ޤައުމެއްގެވެސް ނުފޫޒެއް ނެތް ކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ރާއްޖެއަކީވެސް އޯއައިސީގެ މެންބަރެއްގެ ގޮތުގައި އޮތް ޤައުމަކަށްވާއިރު، އީރާނާ ގުޅުން ކަނޑާލަން ނިންމީ ތުރުކީގައި މިދިޔަ އެޕްރީލް މަހު ބޭއްވި އޮގައިނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގައި ނިންމި ބައެއް ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި އީރާނާއި މެދު ވަކިގޮތަކަށް އަމަލުތައް ބެހެއްޓުމަށް ނިންމާފައިވާއިރު، އރާނުން މިހާރު އަމަލުކުރަމުންދާގޮތް ވަކިކޮޅެއްގައި ޖެހެންދެން ރާއްޖެއިން ގުޅުން ކަނޑާލުމަށް ނިންމީ ކަމަށް ދުންޔާ ވިދާޅުވިއެވެ.